ކަލޭގެ ހިނިތުންވުން ހާދަ ބަލާހިތް ވެއެވެ. އެ ހިނިތުންވުން އަބަދުވެސް ކަލޭގެ ތުންފަތުގައި ހުރެއެވެ. ކަންކަމުގައި އުޅޭ އިރުވެސް އެވެ. ވާހަކަ ދައްކާއިރު ވެސް އެވެ. އަދި ކަލޭ ނިދާފައި އޮންނައިރު ވެސް ކަލޭގެ ތުންފަތަކުން އެ ހިނިތުންވުމެއް ނުފިލައެވެ.
ކަލޭގެ ހިނިތުންވުން ކަލޭގެ ހުދު ދަތްޕިލާ ދައްކައެއެވެ. ކަލޭ ސާދާއެވެ. ކަލޭގެ ކިބައިގައި ފޮރުވުމެއް ނުވާކަން އެނގެއެވެ.
ކަލޭގެ ހިނިތުންވުން ފެނުމުން ކަލޭގެ ހިތް ފެނެއެވެ. އެ ހިތުގައި ޒާތީ ހިޔަންޏެއްގެ އަސަރެއް ނުވާކަން ހާމަވެއެވެ. އެ ހިތް ކުރިކީލަހާ ސާފުކަން އެނގެއެވެ.
އެ ހިނިތުންވުން ތުންފަތުން ފެންނަން ހުރުމީ ކަލޭގެ އުފާ ފާޅުވާ ކަމެކެވެ. އެ އުފާ ފެނުމީ އެހެން މީހުން އުފާވާ ކަމެކެވެ.
އެ ހިނިތުންވުމުން ކަލޭގެ މޫނު އުޖާލާކޮށްދެއެވެ. އެ އުޖާލާކަމުން އެހެން މީހުންގެ ހިތްތަކަށް އަލިކަން ގެނުވައެވެ. ކަލޭ ހުރި ތަނެއްގައި ވާހިތްވެއެވެ.
ކަލޭ ހޭނ އަޑު އަހާ ހިތް ވެއެވެ. އެ އަޑު ހީވަނީ މިޔުޒިކެއް ހެންނެވެ. އެންމެން ވެސް އެއަށް ކަންފަތް ދެއެވެ. އެއަށް ލެނބެއެވެ. އެ އަޑު އިވޭ އެންމެން ކަލެއާ އެކު ހެއެވެ.
ކަލޭ ދެކެ އަހަރެން ލޯބިވަނީ އެހެންވެއެވެ. ކަލޭގެ ތުންފަތުން ހިނިތުންވުން ފިލާ ނުދާތީއެވެ. ކަލޭގެ ދަތްޕިލާ ފެންނާތީއެވެ. ކަލޭ ހޭނއަޑު އިވޭތީއެވެ.
