ވަރިކުރުމަކީ ނުރަނގަޅު ކަމެކޭ ނުބުނެވޭނެ. ބައެއް ފަހަރު ކަންތައް ދިމާވާގޮތުން ދެ މީހުންނަށް އެކުގައި ނޫޅެވޭތަން އާދޭ. އެކުގައި އުޅުމަށްޓަކައި ކިތަންމެ މަސައްކަތެއް ކުރިޔަސް ކާމިޔާބު ނުވެ ދޭ. އެފަދަ ހާލަތްތަކުގައި ވަރިކުރުން ނޫން ގޮތެއް ފެންނާކަށެއް ނޯވޭ. އެކަމަކު، ބައެއް ފަހަރު، ޒަވާޖީ ޙަޔާތް ދަމެހެއްޓުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ނުކޮށް ވެސް ވަރިކުރާތަން އާދޭ. އެގޮތަށް އެ ފުރުޞަތުގެ ބޭނުންކުރުމަކީ ރަނގަޅުކަމެކޭ ނުބުނެވޭނެ. އަމުދުން، ކުދިން ތިބި ނަމަ ވަރިކުރުމުން ކުދިންނަށް ކޮށްފާނެ އަސަރުތަކަކާ މެދު ވަރަށް ބޮޑަށް ވިސްނަންޖެހޭ. އެކަމަކު، ކުދިންގެ ޙައްޤުގައޭ ކިޔާފައި ނުރަނގަޅު ގުޅުމެއްގެ ތެރޭގައި ކުދިން ބޮޑުކުރުމަކީ ވެސް ވިސްނަންޖެހޭނެކަމެއް. ކުރުކޮށް ޖަވާބުދޭނަމަ ބުނެވޭނީ، ވަރިކުރުމަކީ ކޮންމެެހެން ކުރަންޖެހޭ ޙާލާތްތަކުގައި ކުރަން ރަނގަޅުކަމެކޭ، އެކަމަކު، ކޮންމެހެން ކުރަން ނުޖެހޭ ނަމަ  ނުކުރަންވީ ކަމެކޭ. – ނުހާ